ދުނިޔޭގެ 10 ވަނަ ރޭންކްގައިވާ ސްކޮޓްލޭންޑްގެ އެންޑީ މަރޭ ޝެންޒެން އޮޕަން ކާމިޔާބުކޮށްފި އެވެ.

އޭޓީޕީގެ 250 ރޭންކިންގެ އެ މުބާރާތް މަރޭ ކާމިޔާބުރީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ސްޕެއިންގެ ޓޮމީ ރޮބްރެޑޯގެ މައްޗަށް ފަހަތުން އަރައި 5-7، 7-6، 6-1 ން ކުރި ހޯދައިގެންނެވެ.

މިއީ 2013 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުރުމަށް ފަހު މަރޭ ހޯދި ފުރަތަމަ ކާމިޔާބީކަން ފާހަގަކޮށްލެވެ އެވެ. މި ލިބުނު މޮޅާ އެކު ސްކޮޓްލޭންޑް ކުޅުންތެރިޔާ ވަނީ އޭޓީޕީ ޓެނިސް ރޭންކިންގްގެ 10 ވަނަ އަށް ޖެހިލައިފަ އެވެ.

މިމުބާރާތް ކާމިޔާބުކުރުމުން މަރޭ އަށް ވަނީ މި އަހަރު ފަހުކޮޅު އިނގިރޭސިވިލާތުގެ ލަންޑަންގައި އޮންނަ އަހަރުގެ އެންމެ ފަހު މުބާރާތް ކަމަށްވާ ބާކްލޭސް އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސް އިން ޖާގައެއް ހޯދުމަށްޓަކައި އިތުރު ހިތްވަރެއް ލިބިފަ އެވެ.

އޮކްޓޯބަރު މަސް ނިމޭއިރަށް ރޭންކިންގްގެ އެންމެ ކުރީގައިވާ އަށް ކުޅުންތެރިން ވާދަކުރާ މި މުބާރާތަށް ކޮލިފައިވުމަށް ޓައި މަރޭ އަށް ދެން ބޭނުން ވަނީ ދެ ދަރަޖައިގެ ކުރިއެރުމެކެވެ.