28 Sep 2014, 16:46
ހޮލީވުޑްގެ މަޝްހޫރު "އޯޝަންސް އިލަވަން" ފިލްމް ސީރީސްގެ ތަރި ޖޯޖް ކްލޫނީ އާ އިންސާނުންގެ ހައްގުތަކަށް ވަކާލާތުކުރާ އަމާލް އަލާމުއްދީން ކައިވެނި ކޮށްފި އެވެ.

ޖޯޖް ކްލޫނީ އޭނާގެ ކައިވެނި ހަފްލާގައި-- ފޮޓޯ: ޑެއިލީމެއިލް
އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ޓައިމް އިން ބުނި ގޮތުގައި 53 އަހަރުގެ ޖޯޖް ކްލޫނީ އާއި 36 އަހަރުގެ އަމާލް ކައިވެނި ކުރީ މިދިޔަ ހޮނިހިރު ދުވަހު، އިޓަލީގެ ސިޓީއެއް ކަމަށްވާ ވެނިސްގައި ހުންނަ އަމާން ހޮޓެލްގައި ކަަމަށެވެ.
ޓައިމް އިން ބުނި ގޮތުގައި އެދެ މީހުންގެ ކައިވެނި ކޮށްދިނީ ޖޯޖް ކްލޫނީގެ ގާތް ރައްޓެހިކަމެއް އޮންނަ އިޓަލީގެ ވެރިރަށް ރޯމްގެ ކުރީގެ މޭޔަރު ވޯލްޓާ ވެލްޓްރޯނީ އެވެ.

އަމާލް އަލާމުއްދީން އޭނާގެ ކައިވެނި ހަފްލާގައި--- ފޮޓޯ: ޑެއިލީމެއިލް
ޖޯޖް ކްލޫނީގެ މިހާރުގެ އަންހެނުން އަމާލް އަލާމުއްދީން އަކީ ލުބުނާން އަށް އުފަން ބްރިޓިޝް ވަކީލާއެއް ކަމަށާއި އަމާލް ވަނީ ޔޫކްރެއިންގެ ކުރީގެ ޕްރައިމް މިނިސްޓަރު ޔޫލިއާ ޓީމޮޝެންކޯ އާއި ވިކީލީކްސްގެ ޖޫލިއަން އަސާންޖް ފަދަ 'ހައި ޕްރޮފައިލް' މީހުންނަށް ވެސް ވަކާލާތުކޮށްދީފައި ކަމަށް ނޫސްތަކުން ބުނެ އެވެ.

ޖޯޖް ކްލޫނީ އާއި އަމާލް އަލާމުއްދީންގެ ކައިވެނި ހަފްލާގައި ބައިވެރިވި ބައެއް މެހެމާނުން--- ފޮޓޯ: ޑެއިލީމެއިލް
ޖޯޖް ކްލޫނީ އާއި އަމާލް އަލާމުއްދީންގެ ކައިވެނި ހަފްލާއަށް އެ ދެމަފިރިންގެ އާއިލާ މީހުނާއި ގާތް ރައްޓެހިންގެ އިތުރުން މެޓް ޑޭމަންއާއި ބިލް މުރޭގެ އިތުރުން ޖޯން ކްރަސިންކީ އާއި ގްރާންޓް ހެސްލޯވް ފަދަ ހޮލީވުޑް ތަރިން ވެސް ބައިވެރިވި ކަމަށްވެ އެވެ