ރެއިންބޯ އެންޓާޕްރައިސަސް އިން ރާއްޖޭގައި ވިއްކާ ސީމާސްޓާ ބްރޭންޑުގެ ބޭނުން ކުލައެއް ވަގުތުން ތައްޔާރުކޮށްލުމުގެ ޚިދުމަތް އެ ކުންފުނިން ދެ ރަށެއްގައި ތައާރަފުކޮށްފި އެވެ.

ސީމާސްޓާ ބްރޭންޑުގެ ބޭނުން ކުލައެއް ވަގުތުން ތައްޔާރުކޮށްލެވޭނެ ޚިދުމަތް އެ ކުންފުނިން މިއަދު ތައާރަފުކޮށްފައި ވަނީ ފުވައްމުލަކާއި ގދ. ތިނަދޫގަ އެވެ.

ރެއިންބޯ އިން ބުނީ ތިނަދޫން ސީމާސްޓާ ކުލަ ލިބޭނީ "ރެއިންބޯ ތިނަދޫ"އިން ކަމަށާއި ފުވައްމުލަކުން އެ ކުލަ ލިބެން ހުންނާނީ "ހޯމްލައިން" ފިހާރައިން ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި ސީމާސްޓާ ކުލަ ވަގުތުން ތައްޔާރުކޮށް ދިނުމުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރާނެ ކަމަށް ރެއިންބޯ އިން ބުނެ އެވެ.

އިމާރާތުގެ އެތެރެއާއި ބޭރު ރީތިކޮށް ޑިޒައިންކުރުމަށް ބޭނުން ކުރާ ސީމާސްޓާ ބްރޭންޑުގެ ކުލައިގެ އިތުރުން އެ ބްރޭންޑްގެ ވޯލް ސީލް އާއި ވޯލް ޕުޓީ ރާއްޖެ އިން ހަމައެކަނި ލިބެން ހުންނާނީ ރެއިންބޯ އާއި އެ ކުންފުނީގެ ޑީލަރުންގެ ފިހާރަތަކުންނެވެ.

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ސީމާސްޓާ ކުލައަކީ ރާއްޖޭގައި ވިއްކާ އެންމެ ފެންވަރު ރަނގަޅު ކުލަތަކުގެ ތެރޭގައި ހިމެނޭ ކުލައެކެވެ.