މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ޔޫއެސް ޕެސިފިކް ކޮމާންޑް ގުޅިގެން، ފަސް ދުވަހުގެ "ޕެސިޕިކް ޑިފެންޑާ އެކްސްޕާޓް އެކްސްޗޭންޖް" ޕްރޮގްރާމެއް މިއަދު ކ. ގިރިފުށީ ޓްރޭނިންގް ސެންޓަރުގައި ފަށައިފިއެވެ.

ލޯ އެންފޯސްމެންޓްގެ ދާއިރާއަށް ޚާއްސަކޮށްގެން ތަމްރީނު ކުރުމަށް ހިންގާ މި ޕްރޮގްރާމްގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްއިން ޖުމްލަ 30 މީހުން ބައިވެރިވެއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ޔޫއެސް ޕެސިޕިކް ކޮމާންޑްގެ އަސްކަރީ ތަޖުރިބާކާރު ބޭފުޅުންނެވެ.

"ޕެސިޕިކް ޑިފެންޑަރ އެކްސްޕާޓް އެކްސްޗޭންޖް" ޕްރޮގްރާމަކީ، ޔޫއެސް ޕެސިފިކް ކޮމާންޑްގެ ފަރާތުން އެކި ދާއިރާތަކުން މަޢުލޫމާތު ބަދަލުކުރުމަށްޓަކައި ގައުމުތަކުގެ އަސްކަރިއްޔާތަކާއި ގުޅިގެން ހިންގަމުން ގެންދާ މައުލޫމާތު ބަދަލުކުރުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ބާއްވަމުން ދަނީ އެކި ފަހަރު އެކި ގައުމުގައެވެ. މިއީ މިފަދަ ޕްރޮގްރާމެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.