ފުޅާދާއިރާއެއްގައި ހާޑްވެއާ ސާމާނު ވިއްކާ ސޮނީ ހާޑްވެއާއަށް 45 އަހަރު ފާހަގަކުރުމުގެ ގޮތުން 20000 ރުފިޔާގެ އިނާމް ލިބޭ ލޯގޯ ކުރެހުމުގެ މުބާރާތެއް ފަށައިފިއެވެ.

ސޮނީހާޑްވެއާއިން ބުނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެމުބާރާތުގައި ލޯގޯ ފަރުމާ ކުރަންޖެހެނީ އެކުންފުއްޏަށް 45 އަހަރު ވާކަން ރަމްޒްކޮށްދޭ ގޮތަށެވެ. އެގޮތުން ފޮނުވާ ލޯގޯ ތަކުގެ ތެރެއިން އެއް ވަނައަށް ހޮވޭ ލޯގޯއަކަށް 20000 ރުފިޔާ ލިބޭނެ ކަމަށް ބުންޏެވެ.

ސޮނީ ހާޑްވެއާ 45 ވަނަ އަހަރީ ލޯގޯ ކުރެހުމަށް ފަހު އެމުބާރާތުގައި ބައިވެރިކުރުމަށް[email protected]އަށް ކުރެހުން ފޮނުވުމުން އެމުބާރާތުގައި ބައިވެރިވެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

ސޮނީ ހާޑްވެއާއިން ވަނީ އެކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން 2005 ވަނަ އަހަރާއި 2010 ވަނަ އަހަރުވެސް އެފަދަ މުބާރާތްތައް ބާއްވާފައެވެ.