27 Sep 2014, 15:38
އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ޖަޔަލަލިތާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް މިއަދު ސާބިތުވެއްޖެ އެވެ.
ބެންގަލޫރުގެ ހާއްސަ ކޯޓަކުން އެ ކަމަނާގެ މައްޗަށް ކަރޮޕްޝަންގެ ކުށް މިއަދު ސާބިތުވީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި، މީގެ 18 އަހަރު ކުރިން އުފުލި ދައުވާއެއްގައެވެ.
ޖަޔަލަލީތާގެ މައްޗަށް މިއަދުގެ ވަގުތެއްގައި ހުކުމް އިއްވާނެ ކަމަށް ނޫސްތައް ބުނެ އެވެ. ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ޖަޔަލަލިތާގެ މައްޗަށް އަތުވެއްޖެ ނަމަ އެކަމަނާ ޗީފް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. އަދި ޖަލު ހުކުމަށް ފަހު ހަ އަހަރު ވަންދެން އިލެކްޝަނެއްގައި ވާދަ ނުކުރެވޭނެ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.
ޖަޔަލަލިތާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 1991 ވަނަ އަހަރުން 1996 ވަނަ އަހަރުގެ ނިޔަލަށް އެކަމަނާއަށް ލިބުނު އާމްދަނީ އަށް ވުރެ އިތުރަށް 66 ކްރޯޑް އިންޑިއަން ރުޕީސްގެ އެސެޓްސް އެކަމަނާގެ ނަމުގައި ހުރި މައްސަލައެއްގަ އެވެ.