21 Jan 2011, 16:18
ހދ. ކުޅުދުއްފުށީގައި ދޯންޏެއް އެހެލަން އުޅެނިކޮށް ވަލެއް ކަނޑައިގެން ގޮސް މީހެއްގެ ގައިގައި ޖެހި އެ މީހާ މިއަދު މަރުވެއްޖެ އެވެ. ފުލުހުން ބުނީ 60 ވަރަކަށް އަހަރުގެ އެ މީހާ މަރުވީ ވަލުން ޖެހިގެން ލިބުނު އަނިޔާ އަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ.
ފުލުހުން ބުނީ ވަލުން ޖެހި މަރުވީ ކުޅުދުއްފުށީ ވަރުދީ މުހައްމަދު އަލީ،59، ކަމަށެވެ.