މާލޭގައި މިއަދު ހިނގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅައިލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރުފަހު 2:45 އެހާކަންހާއިރު ކުއްލިއްޔާ ހުންނަ ގޯޅިގަނޑުގެ ތެރޭގައި ހިނގި މާރާމާރީ 25 އަހަރުގެ ފިރިހެނެއްގެ ބޯ ފަޅާޅާފައިވާ ކަމަށެވެ. އޭނާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާ ހުންނަ ގޯޅިތެރޭގައި ހިނގި އެ މާރާމާރީގައި ޒަހަމްވި މީހާއަށް އައިޖީއެމްއެޗުން ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.