ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރުގެ ގެކަމުގައިވާ ހ. ޝޭޑީކޯނާގައި ރޯކޮށްލަން މަސައްކަތް ކޮށްފިއެވެ.

ހާމިދުގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ މިރޭ ގާތްގަނޑަކަށް 2:15 އެހައިކަންހާއިރު އެގޭގައި އަލިފާން ރޯކޮށްލުމުގެ ގޮތުން މައި ދޮރުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މާބޮޑު ގެއްލުމެއް ނުވަނީސް އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ހާމިދުގެ ގޭގެ މައި ދޮރުގައި ރޯކޮށްލި އަލިފާންގަނޑު ނިއްވާލާފައި --- ފޮޓޯ: ކިޔުންތެރިއެއް
މަންޒަރު ދުށް މީހަކާ ހަވާލާދީ އޭނާ ބުނީ އެގޭގެ މައި ދޮރުގައި ހުޅުޖަހާފައި ވަނީ ފުޅިއެއްގައި ރޯކޮށްލައި ދޮރާއި ދިމާލަށް އެއްލާލައިގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާމިދުގެ ގޭގައި އަލިފާން ރޯކޮށްލަން އުޅުނު މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހާމިދުގެ ގެ ކައިރީގައި ފުލުހުންގެ ފޮރެންސިކް ޓީމް ހަރަކާތްތެރިވަނީ --- ސަން ފޮޓޯ: އަހްމަދު އާޒިފް