25 Sep 2014, 18:36
ހަތަރު ވަނަ އިންޓަނޭޝަނަލް އާޓް ފެސްޓިވަލް މިއަދު ރާއްޖޭގައި ހުޅުވައިފި އެވެ.
ނެޝެނަލް އާޓު ގެލަރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ފެސްޓިވަލް ހުޅުވައި ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އެވެ.
މިއަދު ހުޅުވި ފެސްޓިވަލްގައި ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާގެ ކުރެހުންތެރި ބައިވެރިވެފައި ވެއެވެ.
މިމަހުގެ 25އިން 29އަށް ކުރިއަށްގެންދާ އާޓު ފެސްޓިވަލުގައި ތަފާތު ކުރެހުންތައް ދައްކާލަފައި ހުރިއިރު، އެ ކުރެހުންތައް ވިއްކާ އަގުވެސް ހިމަނާފައިވެ އެވެ.