ކޮރެއާގެ އިންޗިއޯން ސިޓީގައި މިހާރު ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓްގެ މިކްސްޑް ޑަބަލްސްގެ ރައުންޑް އޮފް 32ގައި އިންޑިއާ އަތުން ރާއްޖޭގެ ޕެއާ ސީދާ ދެސެޓުން ބަލިވެއްޖެ އެވެ.

ގިޔަޔާންގް ޖިމްނާސިއަމް ޕާކުގައި 15 މިނެޓަށް ދިގުދެމިގެންދިޔަ މެޗުގައި ރާއްޖޭގެ ޕެއާ ކަމުގައިވާ އާއިޝަތު އަފްނާން ރަޝީދުއާއި ނަޝީއު ޝަރަފުއްދީން އިންޑިއާގެ ޕެއާ ކަމުގައިވާ އަޓްރި މަނޫ އާއި ނެލަކުރްތި ސިއްކި ރެޑީ އާ ވާދަކޮށް ބަލިވީ 21-8، 21-4ންނެވެ.

އޭޝިއަން ގޭމްސްގެ ބެޑްމިންޓަން ރައުންޑް އޮފް 32 ގައި ރާއްޖޭގެ އަޖްފާން އަދި މައިސާގެ ޕެއާ ޖަޕާނުގެ ހަޔަކަވާ އާއި މަޓްސުޓޯމޯ އާއި މިއަދު ބައްދަލުކުރާނެއެވެ.