އިންޑިއަން އެއާލައިންސްގެ A320 މަރުކާގެ ބޯޓެއް އިމަޖެންސީގައި މިއަދު އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެ ބޯޓު އިމަޖެންސީގައި ޖައްސާފައި ވަނީ ބޯޓުގެ ލޭންޑިން ގިއަރަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އެ ބޯޓަކީ މިއަދު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރަށް ނައްޓާލާފައިވާ ބޯޓެކެވެ. ނަމަވެސް ލޭންޑިން ގިއަރަށް ދިމާވި މައްސަލައާ ގުޅިގެން މިހާރު ވަނީ އަނބުރާ ހުޅުލެ އަށް ޖައްސައި މީހުން ބާލައިފަ އެވެ.

އެ ހާދިސާގައި އެއްްވެސް މީހަށް ގެއްލުމެއް ނުލިބެ އެވެ.