Last Updated: 1 decade 1 year ago
ބުލޮގު ޚުލާސާ
އެފްއޭއެމްގެ ހަ ވަނަ އެނުއަލް ކޮންގްރެސްގެ ލައިވް ކަވަރޭޖަށް މަރުހަބާ.
އެފްއޭއެމްގެ ހަ ވަނަ އެނުއަލް ކޮންގްރެސް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ފަށައިގެން ކުރިއަށް އެބަދެއެވެ. މިއީ 2013 ވަނަ އަހަރު ބޭއްވި 2012 ވަނަ އަހަރުގެ ކޮންގްރެސްއަށް ފަހު ބާއްވާ އެފްއޭއެމްގެ ފުރަތަމަ އެނުއަލް ކޮންގްރެސް އެވެ.
އެފްއޭއެމްގެ ހަ ވަނަ އެނުއަލް ކޮންގްރެސް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ފަށައިގެން ކުރިއަށް އެބަދެއެވެ. މިއީ 2013 ވަނަ އަހަރު ބޭއްވި 2012 ވަނަ އަހަރުގެ ކޮންގްރެސްއަށް ފަހު ބާއްވާ އެފްއޭއެމްގެ ފުރަތަމަ އެނުއަލް ކޮންގްރެސް އެވެ.
އަޅުގަނޑުމެން ބޭނުމެއް ނުވޭ، ރާއްޖޭގެ ފުޓްބޯޅައަށް މިކަމުގެ ސަބަބުން ހިޔަނިއެޅޭކަށް. ކޮންގްރެސް ނުބޭއްވި މައްސަލަ ބޮޑުވެގެން އޭއެފްސީންނާއި ފީފާއިން އަޅުގަނޑުމެންނާ ދޭތެރޭ ފިޔަވަޅު އަޅައި، އަޅުގަނޑުމެން ބައިނަލްއަގްވާމީ ފުޓްބޯޅައިން ސަސްޕެންޑް ވާކަށް ބޭނުމެއް ނޫން. އެހެންވީމާ ހުރިހާ ބޭފުޅުން މަޝްވަރާ ކުރައްވައިގެން ވެސް މި ކޮންގްރެސް ބާއްވައިދެއްވުމަށް އަޅުގަނޑު އެދެން.
އެފްއޭއެމްގް މި ކޮންގްރެސްގައި އެޖެންޑާއަށް ބަދަލުގެންނަން ފެނޭތޯ ވޯޓަކަށް އެހުމުން އެއްވެސް ކްލަބަކުން ވޯޓެއް ނުދެއްވާ. އެހެން ކަމުން އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކުރިން ނިންމާފައިވާ ގޮތަށް އެޖެންޑާއަށް ބަދަލު ނުގެނެސް ކުރިއަށްގެންދަން ކްލަބުތަކުން ބޭނުންވަނީ.
އީގަލްސްގެ ފަރާތުން ހިޔަލީ، ޖަލްސާގައި އިތުރަށް ބައިވެރިވެލައްވަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވެ 'ވޯކްއައުޓް'ކުރައްވައިފި.
އެކަކު ބޭނުންވާ އިރަށް ކޮންގްރެސް ހުއްޓުވިގެން ނުވާން. އެގޮތަށް ހުއްޓުވެންޏާ އަޅުގަނޑުމެންނަށް ވެސް ކޮންގްރެސް ހުއްޓުވިދާނެ. އެހެން ކަމުން ހިޔަލީއާ އެފްއޭއެމާ މަޝްވަރާ ކުރައްވައިގެން ވެސް މި ކޮންގްރެސް މިއަދު ބާއްވައިދެއްވާ. އަޅުގަނޑުމެން ނިއުރޭޑިއަންޓުގެ ފަރާތުން އެދޭ އެދުމަކީ އިސްލާމް ދީނުގެ ރިވެތި އާދައާ އެއްގޮތަށް މަޝްވަރާގެ މަތިން މިކަންތައް ކުރިއަށް ގެންގޮސް ނިންމަން
އަޅުގަނޑުމެން އޭއެފްސީއާ މަޝްވަރާ ކުރުމަށް ފަހު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އިތުރު ކޮންގްރެސްއެއް ބާވަން އިއުލާނު ކުރާނަން
އޭވައިއެލްގެ ފަރާތުން ހިޔަލީ މުހައްމަދު ރަޝީދު ވިދާޅުވީ، މިއަދު ކޮންގްރެސް ކުރިއަށް ގެންދަން އެއްބާރުލުން ދެވެން ނެތްކަމަށް. މަޝްވަރާކުރަން ޖެހޭ ފަރާތްތައް ތިއްބެވީ، މާލޭގައި ކަމަށް. އެހެން ކަމުން އެފަރާތްތަކާ މަޝްވަރާކުރަން ވަގުތު ބޭނުން ކަމަށް.
އޭވައިލްއެލްގެ ފަރާތުން އާމިރު ރޭ ދަންވަރުގެ ވަގުތެއްގައި އެދިލެއްވީ، މިއަދު ހެނދުނު ތަންކޮޅެއް ކުރިން ޕެރަޑައިސްއަށް ވަޑައިގެން، އޭއެފްސީގެ ރެޕްރެޒެންޓޭޓިވް، މޫން ސޫސޮންގ އާ ބައްދަލުކުރަށްވަން ބޭނުން ކަމަށް. އަޅުގަނޑު މަސައްކަތް ކުރިން އެކަން ކޮށްދެވޭތޯ. އެކަމަކު ވަގުތުގެ ގޮތުންނާއި، ޓްރާންސްޕޯޓް ކަންތައް ހުރިގޮތުން އެކަން ނުވީ.
އެފްއޭއެމްގެ ގާނޫނީ ޓީމުން ބުނަނީ، އެ އެސޯސިއޭޝަންގެ ގަވާއިދުގައިވާ ގޮތުން އެޖެންޑާގައި ހިމެނޭނެ ކަންތައްތަކާއި ނުހިމެނޭނެ ކަންތައްތައް އެފްއޭއެމްގެ އެކްސްކޯއަށް ނިންމިދާނޭ ކަމަށް.
އިލްހާމް ވިދާޅުވީ، އެކްސްކޯގެ އެ ބައްދަލުވުން ކުރިއަށްގެންދިޔައީ ރަނގަޅަށް ކަމަށް. އަދި ވޯޓު ނިމިގެންދިޔައީ، 4 ވޯޓު 2 ވޯޓުން އެ މައްސަލަ އެޖެންޑާ ކުރަން ނުފެންނަ ކަމަށް ނިމިގެން ކަމަށް.
އެޖެންޑާ ފާސްކުރަން ކްލަބުތަކާ މަޝްވަރާ ކުރަމުން ދަނީ