މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އިން އިންތިޒާމު ކޮށްގެން ބާއްވާ 22 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހުޅުވާލައިފި އެވެ.

އޮކްޓޯބަރު މަހުގެ 19ގައި ފެށުމަށް ހަމަ ޖެހިފައިވާ އެ މުބާރާތުގައި ފިރިހެން އަދި އަންހެން ޑިވިޝަން ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާފައިވަނީ އިއްޔެއެވެ.

އެމްބީއޭއިން ބުނީ، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކްލަބު ޖަމިއްޔާތަކުން އަންނަ މަހުގެ ނުވައެއްގެ ކުރިން ލިޔުމަކުން އެ އެސޯސިއޭޝަނަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި ޓީމްލިސްޓު އޮކްޓޯބަރު މަހުގެ 12ގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.