ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށާއި މިނިސްޓަރު އޮފް އެޑިއުކޭޝަންގެ ނައިބު ކަމުގެ މަގާމަށް ބޭފުޅުން އައްޔަނު ކުރައްވައިފި އެވެ.

އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަނު ކުރެއްވީ ހ. ފާލަންދޮށުގެ މުހައްމަދު ހުޝާމެވެ. އެ މަގާމަށް ހުޝާމް އަންޔަން ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި ހ. ދިޔަދޫ މޫސާ އާޒިމް އެ މަގާމުން ވަކިކުރެއްވުމަށް ފަހުގަ އެވެ.

މިނިސްޓަރު އޮފް އެޑިޔުކޭޝަންގެ ނައިބުގެ ކަމުގެ މަޤާމަށް އައްޔަނު ކުރެއްވީ، މއ. އިސްޕަންޖުގޭ އަބްދުއްސަމީއު ހަސަނެވެ.