24 Sep 2014, 15:00
މެންޗެސްޓާ ޔުނައިޓެޑަށް ބަދަލު ވުމާ މެދު މީހުންގެ މެދުގައި ދެކެވޭ ވާހަކަތަކަށް ޖަވާބު ދެމުން އޭނާގެ މުސްތަގުބަލު އޮތީ ރެއާލް މެޑްރިޑްގައި ކަމަށް އެޓީމުގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ދާން ބޭނުންވާ ވާހަކަ ބުނަމުންއައި އެޓީމުގެ ކުރީގެ ފޯވާޑް ރެއާލްގައި މަޑުކުރަން ނިންމި ސަބަބެއް ކަމަށް ވަނީ، ރެއާލްގެ ކުރީގެ ތަރި ރައުލް ގާއިމުކޮށްފައިވާ 323 ލަނޑުގެ ރެކޯޑު މުގުރާލުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ރައުލް އަކީ ރެއާލް މެޑްރިޑަށް 16 އަހަރު ކުޅެދީ މިހާތަނަށް އެޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ.
ރެއާލްގައި ރައުލް ހޭދަކުރި ދުވަސްވަރު އެޓީމަށް 323 ގޯލު ޖަހާފައިވާ ވަނީ 741 މެޗުގައި ކުޅެގެންނެވެ. ރޮނާލްޑޯ ވަނީ ރެއާލްއަށް އޭނާ މިހާތަނަށް ކުޅުނު 214 މެޗުން އެޓީމަށް 222 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ރޮނާލްޑޯ ބުނީ ރެއާލްގައި އޭނާ ހިތްހަމަ ޖެހޭ ކަމަށާއި އޭނާ ޔުނައިޓެޑާ ގުޅެން އުޅޭ ވާހަކަ އަކީ ތެދު ވާހަކަ ތަކެއް ނޫން ކަމަށެވެ.
"އަހަރެން މެންޔޫއާ ގުޅެން ބޭނުންވާ ވާހަކަ ތަކަކީ ތެދު ވާހަކަ ތަކެއް. އެކަމަކު އަހަރެންގެ މުސްތަގުބަލު އޮތީ ރެއާލްގައި. އަހަރެން މި ކްލަބުގައި މިހުރީ ވަރަށް ހިތްހަމަ ޖެހިގެން އުފަލުން،" ރޮނާލްޑޯ ބުންޏެވެ.
ލަލީގާގައި ރޭގައި އެލްޗޭ އާ ދެކޮޅަށް ކުޅެ 5-1 ލަނޑުން ރެއާލް މޮޅުވެފައިވާއިރު އެ މެޗުގައި ރޮނާލްޑޯ ވަނީ ޓީމަށް ހަތަރު ގޯލު ކާމިޔާބު ކޮށްދީފައެވެ. އަދި އޭގެ ތިން ދުވަސް ކުރިން ޑެޕޯޓީވޯއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކެއް ހަދާފައެވެ.