23 Sep 2014, 19:39
ބޭންކް އޮފް މޯލްޑިވްސް އިން ބ. އަތޮޅު ހޮސްޕިޓަލަށާއި އެ އަތޮޅު ކެންދޫ އަދި ގޮއިދޫ ސިއްޙީ މަރުކަޒަށް އީސީޖީ މެޝިން ހަދިޔާކޮށްފިއެވެ.
މިތަކެތި ހަވާލުކުރެވުނީ މިއަދު ބ. އަތޮޅު ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އީސީޖީ މެޝިންތައް ހެލްތް މިނިސްޓްރީ އާ ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މރ. އެންޑްރޫ ހީލީއެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ އެކްޓިންގް ހެލްތް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު
ނާޒިމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކްޓިންގް ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވީ ބޭންކުން ވެދެއްވި އެހީ އަކީ ނަމޫނާ އެއް ކަމަށް ބަލައި އެހެން ފަރާތްތަކުން ސިއްޙީ ދާއިރާއަށް ކުރިމަގުގައި އެހީތެރިވާނެ ކަމަށް ގަބޫލޫކުރައްވާކަމަށެވެ.


މި ތަކެތި ހަވާލުކުރުމަށް ބ. އަތޮޅު ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ބައެއް ވެރިންގެ އިތުރުން ބީއެމްއެލްގެ އިސް ބޭފުޅުންނާއި އޭދަފުށީ އަތޮޅު ކައުންސިލާއި ރަށު ކައުންސިގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.