23 Sep 2014, 16:13
ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މޮބައިލް ނެޓްވޯކްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އުރީދޫ އިން ހެޔޮ އަގެއްގައި ޑޭޓާ ޕެކްސްތަކެއް މިއަދު ތައާރަފްކޮށްފި އެވެ.
އުރީދޫ އިން ބުނީ އެ ޕެކްތަކަކީ 10 ރުފިޔާ އިން ފެށޭ މިނީ ޑޭޓާ ޕެކްސްތަކެއް ކަމަށާއި އެއީ އެންމެ ފުރިހަމަ ނެޓްވޯކްގައި އިންޓަނެޓް ތަޖުރިބާ ކޮއްލުމަށް އެއް ގަޑި އިރު، އެއް ދުވަސް އަދި އެއް ހަފްތާއަށް ހާއްސަ ޕެކްތަކެއް ކަމަށެވެ.
އެގޮތުން އެއްގަޑިއިރަށް ހާއްސަކޮށްފައިވާ 10 ރުފިޔާގެ ހާއްސަ ޕެކަށް 30 އެމްބީގެ ޑޭޓާ އެލަވަންސެއް ލިބޭ އިރު އެއް ދުވަހަށް ހާއްސަކޮށްފައިވާ 20 ރުފިޔާގެ ޕެކަށް 100 އެމްބީގެ ޑޭޓާ ލިބޭނެ އެވެ. އަދި އެއް ހަފްތާއަށް ހާއްސަކޮށްފައިވާ 30 ރުފިޔާގެ ޕެކަށް 150 އެމްބީގެ ޑޭޓާ ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
"އަޅުގަނޑުމެން މި ތައާރަފްކުރި މިނީ ޑޭޓާ ޕެކްސްތަކުގެ ސަބަބުން ޓެކްނޮލޮޖީއަށް އަހުލުވެރި ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ. މި ޕެކްސްތައް ތައާރަފްކުރެވުމާ އެކު އުރީދޫގެ ޑޭޓާ ޕްރޮޑަކްޓްސް އަށް އިތުރުވެގެން މިދިޔައީ. ބޭނުން ވަނީ ކުޑަ ޑޭޓާ ކޮޅެއް ވިޔަސް ނޫނީ ޖަންބޯ ޑޭޓާ ވިޔަސް، އުރީދޫ އިން މިހާރު ހުރިހާ ކަސްޓަމަރުންނަށް އެކަށޭނަ ޑޭޓާ ޕެކްތައް ލިބެން ހުންނާނެ،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.
އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް އެ ޕެކްސްތައް #929* އަށް ގުޅައިގެން އެކްޓިވޭޓް ކުރެވޭނެ އެވެ.