23 Sep 2014, 16:09
ހއ. ހޯރަފުށިން ގެއްލިގެން މިއަދު ހެނދުނުން ފެށިގެން ހޯދަމުން ދިޔަ މީހަކު ވަލުތެރޭގައި ދަންޖެހި މަރުވެފައި ހުއްޓައި ފެނިއްޖެ އެވެ.
ސަން އަށް އެނގިފައިވާ ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނުނީ އެ ރަށު ސަފާގެ، އަހުމަދު މުއާޒު، 27، އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އޭނާ ގެއްލިގެން އުޅޭ ކަމަށް ބުނެ އާއިލާ އިން ރިޕޯޓްކުރީ މިއަދު މެންދުރު 12:40 އެހާކަންހާ އިރު ކަމަށާއި ވަލުތެރޭގައި ދަންޖެހިފައި ހުއްޓައި ފުލުހުންނަށް އޭނާ ފެނުނީ މިއަދު މެންދުރު ފަހު 2:30 އެހާކަންހާއިރު ކަމަށެވެ.
އެ މީހާގެ ހަށިގަނޑު މިހާރު ވަނީ އެ ރަށު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.