20 Jan 2011, 19:46
19:59- ނޮޅިވަރަމްފަރުގެ ދަނޑުބިމުގައި ރޯވި އަލިފާންގަނޑު ދާދި ދެންމެއަކު ވަނީ ރައްޔިތުން ނުކުމެ ނިއްވާލާފައެވެ. އަލިފާނުގެ މި ހާދިސާގައި ރައްޔިތުންގެ ދެ ދަނޑުބިމެއްގެ ބޮޑުބައި ވަނީ އަނދައިގެން ގޮސްފަ އެވެ.
ރަށުގެ މީހުން އުޅޭ ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ދަނޑު ބިންތަކުގައި ރޯވި އަލިފާނޑުގައި އެއްވެސް މީހަކަށް އަދި ގެއަކަށް ވެސް ގެއްލުން ލިބިފައެއް ނުވެއެވެ.
19:48- ހދ. ނޮޅިވަރަމްފަރުގެ ދަނޑުބިމެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ.
ނޮޅިވަރަމްފަރުން ވާހަކަ ދެއްކި މީހަކު ސަން އޮން އަށް މައުލޫމާތު ދެމުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނީ، އެރަށު ދަނޑުބިމުގައި އަލިފާން ރޯވި ކަން ރައްޔިތުންނަށް އެނގުނީ މިއަދު އިރުއޮއްސި ހައެއް ޖަހާކަންހާއިރު ކަމަށެވެ.
އަދި އެ ސަރަހައްދުގައި އަލިފާން ރޯވާން ދިމާވި ކަމަށް ބެލެވެނީ އެހިސާބުގެ ޖަންގަލީ ތެރޭ މަގު ސާފުކުރަން އަލިފާން ބޭނުން ކުރި ކުރުމުގައި ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ރައްޔިތުން ނުކުމެ މިހާރު މަސައްކަތް ކުރަމުން ދަނީ ރޯވެ އަނދަމުންދާ އަލިންފާންގަނޑު ނިއްވާލެވޭތޯ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަދަ ހާދިސާއެއްގެ ހަބަރު އަދި ލިބިފައިނުވާ ކަމަށެވެ.