އާންމުކޮށް ޕާން ނުވަތަ ބްރެޑް ފަދަ ތަކެތީގައި ޖަހައިގެން ބޭނުންކުރާ ކްރީމެއްގެ ރަހަ ދައްކާލުމުގެ ކެމްޕޭނެއް އެސްޓީއޯ އިން މިރޭ ބާއްވައިފި އެވެ.

"މެއިސްޓޭ ޝޮޚޮލާޑޭ"ގެ ނަމުގައި ބޭނުން ކުރާ އެ ކްރީމް ރަހަ ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭ ކެމްޕޭން އެސްޓީއޯ އިން މިރޭ ފަށާފައި ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސިޓީ ގާޑެންއާ ގުޅިގެންނެވެ. އެ ކެމްޕޭން ފައްޓަވައި ދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އާއި ސިޓީ ގާޑެންގެ އިސްވެރިންނެވެ.

އެ ކެމްޕޭން ފެށުމަށް މިރޭ ސިޓީ ގާޑެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ އެނާޖީ، ފުޑް އެންޑް ބެވަރޭޖްސް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު ރަމްޒީ އަބޫބަކުރު ވިދާޅުވީ ސިޓީ ގާޑެން އިން ގަންނަ ކޮންމެ ކޮފީ އަކަށް ހިލޭ ލިބޭ އެއްޗެއްގެ ގޮތުގައި އެ ކްރީމް ބޭނުންކޮށްގެން ހަދާފައިވާ ބްރޭޑެއް ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އެ ކްރީމްގެ ރަހަ ދައްކާލުމަށް ދެވޭ ޕްރޮޑަކްޓެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕްރޮޑަކްޓް އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް ފުޅާކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށާއި އެގޮތުން "އިންސްޓެންޓް ކޮފީ" އާއި "ރެޑީ ޓު ޑްރިންކް" ކޮފީ ވެސް ތައާރަފް ކުރާނެ ކަމަށެވެ.

"މެއިންޓޭ ޝޮޚޮލާޑޭ" ނުވަތަ "ޗެމްޕިއަން ބްރޭންޑް"އަކީ ޖަރުމަނު ފަދަ ގައުމުތަކުގައި ވެސް ވަރަށް މަގުބޫލު ޕްރޮޑަކްޓެކެވެ.