22 Sep 2014, 19:55
ވިލާ ޓެކްނިލޮޖީ އޮފީސް ފަޅާލައި އެތަނުން ވައްކަންކުރި މީހަކު 18 އަހަރާއި އެއް މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ހއ. ތަކަންދޫ ކޮތަރިވިލާ އަހްމަދު ރަޝީދު 18 އަހަރާއި އެއް މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ހ. ގްރީންގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވިލާ ޓެކްނޮލޮޖީ އޮފީސް ފަޅާލައި އެތަނުން ދެލައްކަ އަށްވުރެ ގިނަ ރުފިޔާ އާއި 12 ލެޕްޓޮޕްގެ އިތުރުން ހަ ހާޑު ޑިސްކު ވަގަށް ނެގި މައްސަލައާ ގުޅިގެންނެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ކުރި ދައުވާ އަށް އަހްމަދު ރަޝީދު ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށެވެ. އަދި މިއީ ވައްކަމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ދެވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.