22 Sep 2014, 15:45
މާލޭ މަސް މާރުކޭޓު ކައިރީގައި ހުންނަ ފިލާ ބިލްޑިންގައި އަލިފަނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް ސްޕޯކްސް ޕާސަން މޭޖާ ހުސެއިން ޢަލީ މިއަދު ސަން އަށް ވިދާޅުވީ، އެ އިމާރާތުގެ ހަތް ވަނަ ބުރީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ މިއަދު މެންދުރު ފަހު 3:15 އެހާކަންހާއިރު ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ، އަލިފާން ރޯވިތާ 15 ވަރަަކަށް މިނެޓުގެ ތެރޭގައި އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އަދި ތަަނަށް ލިބުނު ގެއްލުންތައް މިހާރު ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.