22 Sep 2014, 00:13
ކަސްޓަމްސްގެ ސެކްޝަންތަކުގެ މެދުގައި ބޭއްވުނު ދެވަނަ ސީއާރުސީ އިންޓަސެކްޝަން ބެޑްމިންޓަން މުބާރާތުގެ ފައިނަލްގައި ސެސްއެމްޑީއާ ބައްދަލު ކޮށް އައްޑޫ އެންޑް ސްޓެޓިސްޓިކްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިމަހުގެ 19 އިން 20 އަށް މާލޭ ކުޅިވަރު އެކުވެނީގައި ކުރިޔަށް ދިޔަ މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުން މޮޅުވެ ޓީމް އައްޑޫ އެންޑް ސްޓެޓިސްޓިކްސް ޗެމްޕިއަންކަން ހޯދީ ޓީމް ސެސްއެންޑީ އާއި ބައްދަލު ކޮށް ތިން ގޭމް ދެގޭމުންނެވެ.
މި މުބާރާތުގެ އޯޕަން ސިންގަލްސްގެ އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ އާމިނަތު އިރުފާ އެވެ. އަދި ރަނަރަޕްކަން ހޯދާފައިވަނީ މަންސޫދާ އަލީ އެވެ. މުބާރާތުގެ އޯޕަން ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން އިބްރާހިމް ޝަރީފް ހޯދާފައިވާއިރު ދެވަނައަށް އައިސްފައިވަނީ އަހުމަދު ލުތުފީ އެވެ.
މުބާރާތުގެ އޯޕަން އިވެންޓްގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން އާމިނަތު އިރުފާ އަދި އާމިރާ ދޮހޮއްތު ހޯދާފައިވާއިރު ރަނަރަޕްކަން ހޯދާފައިވަނީ މަންސޫދާ އަލީ އަދި ޒޫނާ އަހްމަދުއެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އަޙްމަދު ލުތުފީ އަދި އަހްމަދު އިޔާދު ހޯދިއިރު ރަނަރަޕްކަން ހޯދާފައިވަނީ މުހައްމަދު އާދަމް އަދި މޫސާ އަހްމަދުއެވެ.
އޯޕަންސް އިވެންޓްގެ މިކްސް ޑަބަލްސް ކެޓެގަރީން ޗެމްޕިއަންކަން ހޯދާފައިވަނީ އަލީ ދާވޫދު އަދި އާމިނަތު އިރުފާއެވެ. މި ކެޓަގަރީގެ ރަނަރަޕްކަން ހޯދާފައިވަނީ އަޙްމަދު ލުތުފީ އަދި އައިޝަތު ޔަޝްފާއެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް އަންހެން ކުޅުންތެރިންނަށް ހޮވިފައިވަނީ އާމިނަތު އިރުފާއާއި އާމިނަތު ހަލީމާއި އާމިރާ ދޮހޮއްތުއާއި އައިޝަތު ޔަޝްފާ އަދި މަންސޫދާ އަލީއެވެ. އަދި އެންމެ މޮޅު ފިރިހެން ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އަލީ ދާވޫދާއި މުހައްމަދު އާދަމްއާއި އިބްރާހިމް ޝަރީފާއި އަހްމަދު އިޔާދު އަދި އަހްމަދު ލުތުފީއެވެ.
ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޝަރީފްއެވެ. ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އޮނަރަބްލް އަޙުމަދު ޒުހޫރުގެ އިތުރުން ކަސްޓަމްސްގެ އިސްވެރިންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.