20 Jan 2011, 12:40
ރޭ މާލޭގައި ގްރޫޕް ހަދައިގެން އުޅު ބަޔަކާ ފުލުހުން ސުވާލު ކުރަން ދިއުމުން ނުކިޔަމަންތެރިކަން ދައްކާ، ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުގުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ދަންވަރު 12:00 ޖަހާއެހާކަން ހާއިރު އެ ހާދިސާ ހިނގާފައި ވަނީ މާވެޔޮމަގުގެ ގޯޅިއެއްގެ ތެރޭގައި ކަމަށާއި އެ ގޯޅީގެ ތެރޭގައި ރޭ ބަޔަކު މީހުން ގްރޫޕް ހަދައިގެން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
"އެ ގޯޅީގައި ދަންވަރު ގްރޫޕު ހަދައިގެން ބަޔަކު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މައުލޫމާތު ލިބިގެން ގޮސް އެމީހުންނާ ސުވާ ކުރަން ފެށުމުން ވަނީ ނުކިޔަމަންތެރިކަން ދައްކައި ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގި. އޭ ހާދިސާގައި އޭގެ ތެރެއިން އެކަކު ރޭ ވަނީ ފުލުހުން ހައްޔަރުކޮށްފައި،" އޮފިޝަލު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ސަރައްދުގައި ރޭ ގިނަ އަދަދެއް މީހުން ޖަމާއަތް ހަދައިގެން ހަރަކާތްތެރިވެ ބައެއް ގޭގެއަށް ވަނުމުގެ ސަބަބުން ވަރަށް ގިނަ އާންމުން ވަނީ އެކަމާ ހިތްހަމަ ނުޖެހިގެން ޝަކުވާކޮށްފަ އެވެ.
އަދި ފުލުހުން އެ ސަރަހައްދަށް ދިއުމުން ބައެއް މީހުން ފިލައިގެން ގޮސްފައިވާ ކަމަށް ވެސް އެނގިފައިވެއެވެ. ނަމަވެސް މި ހާދިސާއާބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.