18 Sep 2014, 10:41
ގދ. އަތޮޅުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުން ދިޔަ މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރުގެ ދަށުން އުމުރުން 39 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސަން އަށް މައުލުމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ކުޑަ އަންހެން ކުއްޖާގެ މަންމަ އެވެ.
އަދި 14 އަހަރުގެ އަންހެން ކުއްޖާ އަށް ބައްޕަގެ ފަރާތުން މިދިޔަ އަހަރުން ފެށިގެން ދަނީ ޖިންސީ ގޯނާކުރަމުން ކަން ވެސް އެނގިފައިވެ އެވެ.