ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެ މިނިސްޓްރީއެއްގެ ނައިބު ކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

މިގޮތުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު ކަމުގެ މަގާމަށް އައްޔަނު ކުރެއްވީ، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ގެ ރައީސް ދަފްތަރު ނަންބަރު 1805 ހަސަން ޒަރީރެވެ.

އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ނައިބު ކަމުގެ މަގާމަށް އައްޔަނު ކުރެއްވީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކުރީގެ ސީއީއޯ އަބްދުﷲ މުހައްމަދުދީދީ އެވެ.