17 Sep 2014, 12:08
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖީއެސްޓީ ނުދައްކާ އަދި ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަންތައް އެ އޮތޯރިޓީން މިއަދު ހާމަކޮށްފި އެވެ.
މީރާ އިން މިއަދު އާންމުކޮށްފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުން ޖޫން މަހުގެ ނިޔަލަށް ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ.
އެ ލިސްޓްގައި ޓޫރިޒަމް ދާއިރާ އަށް ނިސްބަތްވާ 59 ވިޔަފާރިއަކާއި އެހެނިހެން ދާއިރާތަަކަށް ނިސްބަތްވާ 262 ފަރާތް ހިމެނެ އެވެ.
މީރާ އިން ބުނީ އެ ހުރިހާ ފަރާތްތަކަކީ ވެސް މާލެ ސަރަހައްދުގައި ޓޫރިޒަމް ޖީއެސްޓީ އަދި ޖެނެރަލް ޖީއެސްޓީ އަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް ކަމަށެވެ.
"ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކިފަހަރު މަތިން ފޯނުން ގުޅައި ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބުތައް ވަނީ ކިޔައިދީފައި" މީރާ އިން ބުންޏެވެ.
މީރާ އިން މިއަދު ނަންތައް ހާމަކޮށްފައި މިވަނީ ޖީއެސްޓީ ނުދައްކާ ނަމަ އެ ފަރާތްތަކުގެ ނަންތައް ހާމަކުރާނެ ކަމަށް އާންމުކޮށް އިއުލާންކުރުމަށް ފަހު އެވެ.