ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ގެ މަގާމުގައި ހުންނެވި ޢަބުދުﷲ މުޙައްމަދު ދީދީ ވަކިކޮށް، އެމަގާމަށް މުޖުތަބާ ޖަލީލު ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބުރާހީމް މުއާޒް ޢަލީ މިރޭ ސަން އަށް ވިދާޅުވީ މުޖުތަބާ އެމަގާމަށް ހަމަޖެއްސެވީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

އޭނާ ވިދާޅުވީ އެމަގާމަށް އޭނާ ހަމަޖެއްސެވީ ގާނޫނު އަސާސީން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވާ، މަގާމުތަކުގެ މަސްއޫލިއްޔަތުތައް ބޭފުޅުންނާ ހަވާލު ކުރެއްވުމުގެ އިހުތިޔާރުގެ ދަށުން، އެމަގާމުގެ މަސްއޫލިއްޔަތު މުޖުތަބާއާ ހާލުކުރައްވަން ބޭނުންވެވަޑައިގެންނެވުމުން ކަމަށެވެ.