ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި އިނގިރޭސި ކްލަބް އާސެނަލް މިރޭ ނުކުންނަ އިރު އެޓީމަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތި ވެފައެވެ.

އެޓީމަށް ކުޅޭ، ސްޕެއިންގެ ލެފްޓް ބެކް ނާކޯ މޮންރެއާލް ގެ ބުރަކައްޓަށް ލިބުނު އަނިޔާ އަކާ ގުޅުގެން ޑޯޓްމަންޑް ދަތުރުގައި މޮންރެއާލް ބައިވެރި ވެފައެއް ނުވެއެވެ. އަދި މިހާރު އާސެނަލްގެ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ އިންގްލެންޑްގެ 19 އަހަރުގެ ޒުވާން ޑިފެންޑަރު ކަލަމް ޗެމްބާސް އަށް ކުޅެވޭނެ ކަމާމެދު ވަނީ ޝައްކު އުފެދިފައެވެ.

ލެފްޓް ބެކް މޮންރެއާލް އަށް ޗެމްޕިއަންސް ލީގު މެޗުގައި ނުކުޅެވުނަސް އަންނަ ހޮނިހިރު ދުވަހު އެސްޓަން އާ ބައްދަލުކުރާ މެޗައް ފިޓްވާނެ ކަމަށް މީޑިއާ ރިޕޯޓްސް ތައް ބުނެއެވެ.

ސީޒަންގެ ކުރީކޮޅު ޑިފެންސް ލައިނުގައި އަނިޔާގެ މައްސަލަތައް ދިމާވެފައިވާ އާސެނަލްއަށް ލިބުނު އަނެއް ބޮޑު މާޔޫސް ކަމަކީ އެންމެ ފަހުން ލީގުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ރައިޓްބެކް މެތިއު ޑެބޫޗީއަށް އަނިޔާވުމެވެ.

އަނިޔާގެ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ޑެބޫޗީ އަށް އަނިޔާވުމުން ވަރަށް ގެއްލުން ދައްކާނެ ކަމަށާއި އުއްމީދުކުރަނީ ސްކޭން ކުރުމަށްފައު އުފާވެރި ޚަބަރެއް ލިބޭނެ ކަމަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި މިރޭ ޖަރުމަނުގެ ޑޯޓްމަންޑާ ދެކޮޅަށް އާސެނަލް ނުކުންނާނީ އިންގްލަންޑްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ. މިދެޓީމް އެންމެ ފަހުން ވާދަކުރި މެޗް 2-1 ކާމިޔާބުކުރީ ޑޯޓްމައުންޑެވެ.