16 Sep 2014, 12:55
ފުލުހުންގެ މައްޗަށް ހައިކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމަށް މަސް ދޯންޏެއް ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ "ސާހިބާ" ނަމަކަށް ކިޔާ އެ ދޯންޏަކީ މަސްވެރިކަމަށް ބޭނުން ކުރާ ދޯންޏެއް ކަމަށެވެ.
ދިގުމިނުގައި ގާތްގަނޑަކަށް 85 ފޫޓު ހުންނަ އެ ދޯނި އެންމެ ފަހުން ފުލުހުންނަށް ފެނުނު އިރު ދޯނީގައި ހުރީ ނޫކުލަ އާއި ހުދު ކުލައިގެ ދަވާދު ލާފައި ކަމަށް ފުލުހުން ބުނެ އެވެ. ދޯނީގެ މަތީގައި ގެގަނޑެއް ހަދާފައި ހުންނަ އެ ދޯންޏަކީ ކަންނެލި މަސްވެރިކަންކޮށް އުޅުމަށް ބޭނުންކުރާ ގޮތަށް ބަނދެފައިވާ ދޯންޏެއް ކަމަށް ފުލުހުން ބުނެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ހއ. އިހަވަންދޫ މީހެއްގެ ދޯންޏެކެވެ. އަދި ދޯނި ގެއްލިފައި ވަނީ މި މަހުގެ ތެރޭގަ އެވެ. އަދި އެ ދޯނި ގެއްލިފައި ވަނީ މީހަކަށް ވިއްކަން އެގުރިމެންޓް ވެސް ހަދާފައިވަނިކޮށެވެ.