16 Sep 2014, 12:52
ލޯކަލް މާރުކޭޓުގެ ގޮޅިއަކުން ރިހާކުރު ފުޅި ވަގަށް ނެގި މީހާހަކު ހަ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން
ރިހާކުރު ފުޅި ތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހުކުމް ކޮށްފައިވަނީ ހ. ޔާރު، އަޙްމަދު ރިޔާޒު،43 ގެ މައްޗަށެވެ.
ދަޢުލަތުން ރިޔާޒުގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، މިއަހަރުގެ މާޗް މަހުގެ ހަތަރު ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ލޯކަލް މާރުކޭޓް 39 ނަންބަރު ގޮޅީގައި ބަހައްޓާފައިހުރި 250 ރުފިޔާގެ ތިން ފުޅި ރިހާކުރު ވަގަށް ނަގާފައިވާ މައްސަލަ އާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ދައުވާ އަށް އޭނާ އިންކާރު ކުރި ނަމަވެސް، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ވައްކަމުގެ ކުށް ރިޔާޒުގެ މައްޗަށް ސާބިތުވެއެވެ. އަދި މިއީ ވައްކަމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވާ ހަ ވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.