15 Sep 2014, 21:46
ދެހާސް ދެވަނަ އަހަރުން ފެށިގެން އެކިފަހަރު މަތިން ހދ. ކުޅުދުއްފުށީ ޖަލާލުންދީން ސްކޫލްގެ މަސައްކަތު އަށް މީހަކާ މެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހާގެ މައްޗަށް މައްޗަށް ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.
ޖަލާލުއްދީން ސްކޫލްގެ ސަރުދާރުގެ މަގާމުގައި ހުރި އެރަށު މޭބިސްކަދުރުގޭ އަބްދުލްބާރީ އަބްދުއްރަހުމާން، 51، ތިރީސް އެތި ފަހަރުން ތައުޒީރު ކުރުމާ އެކު ފަސް އަހަރަށް ޖަލަށްލުމަށް ކުޅުދުއްފުށީ ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ.
ތިރީސް އެތިފަހަރުން ތައުޒީރު ކުރުމާ އެކު ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ކުޅުދުއްފުށީ ޖަލާލުންދީން ސްކޫލްގެ ސަރުދާރުގެ މަގާމުގައި ހުރި އެރަށު މައްޗަށެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އޭނާ ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ހެކިބަސްދީފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން އެންމެ މީހަކު ކަމަށެވެ. އަދި އޭނާ ބުނެފައިވާ ބުނުމަށް ބަލާއިރު، އެއީ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތު ކުރެވޭ މިންގަނޑަށް ވުރެ ބަލިކަށި ހެކިބަހެއް ކަމަށް އެ ހުކުމްގައި ވެއެވެ.
ކުޅުދުއްފުށީ ކޯޓުން ކުރިން ކުރި ހުކުމްގައި ބުނަނީ 2002 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން އެރަށު ޖަލާލުއްދީން ސްކޫލްގެ މަސައްކަތު މީހެއްގެ ވަޒީފާގައި އުޅޭ އަށް އަންހެނަކާ މެދު އަބްދުލްބާރީ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައިވާކަން އަށް އަންހެނުންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ކުޅުދުއްފުށީ ސްކޫލްގެ ބެލެނިވެރިއަކު ބުނީ މަސައްކަތު މީހުންނާ އެކު އަބްދުލްބާރީ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަމަށް ބުނެ އެކަން ސްކޫލަށް ރިޕޯޓު ކުރުމުން އޭނާގެ ބަޔާނެއް ވެސް ނަގާފައިވާ ކަމަށެވެ. ނަމަވެސް 2002 ވަނަ އަހަރުން ފެށިގެން ހުކުމްކުރި ދުވަހާ ހަމައަށް ވެސް ސްކޫލުން އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ވެސް އެމީހާ ބުންޏެވެ.