މިދިޔަ ރަމަޟާން މަހު ކްރިމިނަލް ކޯޓުގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ބޭއްވި ކެރަމް މުބާރާތުގެ ޑަބަލްސް ރަނަރަޕް ކަމަށް އެ ކޯޓުގެ ކުރީގެ ގާޒީ އަދި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ހޮވިވަޑައިގެންފި އެވެ.

ޕީޖީ މުހުތާޒުގެ އިތުރުން އެ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ޚަދީޖާ ހަބީބު ވެސް ވަނީ ކެރަމް މުބާރާތުގެ ޑަބަލްސް ރަނަރަޕަށް ހޮވިފައެވެ.

އެ މުބާރާތުގެ ސިންގަލްސް ރަނަރަޕަކަށް ހޮވުނީ އެޑްމިނިސްޓްރޭޓިވް އޮފިސަރު މަރިޔަމް ސާމިހާއެވެ. އެ މުބާރާތުގެ ސިންގަލްސް ޗެމްޕިއަނަކަށް ހޮވިފައި ވަނީ ކޯޓު އޮފިސަރު މުހައްމަދު ޚަލީލެވެ. އަދި ޑަބަލްސްގެ ޗެމްޕިއަނަކަށް ވެސް ޚަލީލު ވަނީ ހޮވިފަ އެވެ. އަދި އޭނާގެ އިތުރުން އެޑްމިނިސްޓްރޭޓިވް އޮފިސަރު އާމިނަތު ޝަފީއާ ވެސް ވަނީ ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ކްރިމިނަލް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ކެރަމް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުންދީފައިވާއިރު ޑަބަލްސް ރަނަރަޕްކަން ހޯދި ޕީޖީ މުހުތާޒަށް ވެސް ވަނީ ހަނދާނީ ލިޔުމެއް ދެއްވާފަ އެވެ.