‏ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޗައިނާ ރައީސްގެ ‏‏އަނބިކަނބަލުން މެޑަމް ޕެންގ ލިއުއާންއާ ބައްދަލުކުރައްވައިފި އެވެ.‏

މިއަދު ހެނދުނު މުލީއާގޭގައި އޮތް އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ‏‏އިޖްތިމާޢީ ތަރައްގީއާ ގުޅޭ އެކި ދާއިރާތަކާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ‏‏‏ކުރެއްވި އެވެ. މިގޮތުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ޙައްގުތައް ހޯއްދަވައިދެއްވުމަށް ޓަކައި ‏‏ކުރެވޭ މަސައްކަތްތަކާއި ‏‏އަންހެނުންގެ ތަރައްގީއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ‏‏ދެ ބޭފުޅުން ‏‏މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ. ‏ ‏

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޗައިނާ ރައީސްގެ ‏‏އަނބިކަނބަލުން މެޑަމް ޕެންގ ލިއުއާންއާ ބައްދަލު ކުރު،ުގެ ރަސްމިއްޔާތު ތެރެއިން-- ފޮޓޯ ރައީސް އޮފީސް

އެ ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓްރީގެ ނައިބު ފާޠިމަތު ޢިނާޔާ އާއި ހެލްތު މިނިސްޓްރީގެ ‏‏ޑެޕިއުޕިއުޓީ ޑިރެކްޓަރު ޖެނެރަލް ‏‏ފާޠިމަތު ސާމިޔާ ބައިވެރިވެވަޑައިގެންނެވި އެވެ.