15 Sep 2014, 15:06
މެކްސިކޯގެ ގުއޭޓެރޯއަށް ސޮއިކުރީ އެޓީމާ އެކު ރަނގަޅު ކާމިޔާބުތަކާކާއި ވަނަތަކެއް ހޯދުމަށް ކަމަށްއެ ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯ ބުނެފި އެވެ.
ވޯލްޑު ކަޕު 2002 ކާމިޔާބު ކޮށްފައިވާ ރޮނާލްޑީނިއޯ ގުއެޓެރޯއަށް ސޮއި ކުރުމާއެކު ވަރަށް ގިނަ ބަޔަކަށް ހައިރާން ކަން ލިބުނެވެ. މެކްސިކޯގެ ޓީމަށް ދެއަހަރުގެ އެއްބަސް ވުމެއްގައި ސޮއި ކުރީ ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯ، މިދިޔަ ޖުލައި މަހު ދޫކޮށްލުމަށްފަހުއެވެ.
ރޮނާލްޑޯ ބުނީ އޭނާ ކޮންމެވެސް ކަހަލަ ކާމިޔާބީއެއް ހާސިލް ކުރަން ޖެހޭ ކަމަށާއި މެކްސިކޯއަށް އައީ އެކާމިޔާބީތަށް ހާސިލް ކުރަން ކަމަށެވެ.
މެކްސިކޯގެ ގުއޭޓެރޯއަށް ގުޅުނީ އޭނާގެ ބޭބެ އަދި އޭޖެންޓް ރޮބާޓޯ އާއި ކްލަބްގެ ރައީސް އަދި މީޑިއާ ގްރޫޕް 'އިމޭޖެން' ގެ ވެރިޔާ އޮލެގާރިއޯ ވަސްކެޒް ރާނާ އާ ދެމެދު ދެކެވުނު ވާހަކައިގެ ސަބަބުން ކަމަށް ޑީނިއޯ ބުނެފައިވެއެވެ.
"ގާތްގަނޑަކަށް ދުނިޔޭގެ އެކި ހިސާބުގެ ކްލަބު ތަކުން އަހަރެން ބޭނުންވާކަމަށް ގިނަ ބަޔަކު ބުނި. އެކަމު ބޭބޭއާއި ކްލަބުގެ ރައީސާ ދެމެދު ދެކެވުނު ވާހަކައިގެ ސަބަބުން މެކްސިކޯއަށް އަންނަން އަހަރެން ނިންމީ. އަހަރެން އަބަދުވެސް ވަރަށް އުޅޭހިތްވާ ތަނެއް މި ގައުމަކީ،" ރޮނާލްޑީނިއޯ ބުންޏެވެ.
އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު 2004 އަދި 2005 ގައި ހޯދާފައިވާ ރޮނާލްޑީނިއޯ ވަނީ ޖައްސަ ޖައްސައިގެން ޔުއެފާ ޗެމްޕިއަންސް ލީގު ދެފަހަރަށް ކާމިޔާބު ކޮށްފައެވެ.