15 Sep 2014, 10:33
މީހަކަށް މަރުގެ އިންޒާރު ދިން މީހަކު ހަމަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ބުނީ ބ. ދަރަވަންދޫ އިރުމަތީގެ އަހުމަދު ސާދާތު އެ ރަށުގައި ހުންނަ "ފެމިލީ ސްޓާ" ފިހާރަ ކައިރީ ހުއްޓައި އޭނާ އަށް މަރުގެ އިންޒާރު ދީފައި ވަނީ ގަލޮޅު ޑެނޯން މުހައްމަދު ޝާން ކަމަށެވެ. އަދި އޭނާ އިންޒާރު ދިން ކަމަށް ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަހުން ޝަރީއަތަށް އެކުށް ސާބިތުވާ ކަމަށް ވެސް އެ ކޯޓުން ބުނެ އެވެ.
އެހެންކަމުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ޝާންގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ އެއީ އޭނާ އެބާވަތުގެ ކުށެއް ކުރި ފުރަތަމަ ފަހަރުކަމަށް ވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.