14 Sep 2014, 16:51
މީޑިއާ ކައުންސިލަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ނަންތައް ޝޯޓްލިސްޓުކޮށްފި އެވެ.
މީޑިއާތައް ތަމްސީލުކުރާ އަށް މަގާމަށް 12 ފަރާތަކުން ވަނީ ކުރިމަތިލައިފަ އެވެ. އެއީ ދިވެހި ރާއްޖޭގެ އަޑުގެ ނޫސްވެރިޔާ ހަސަން ޒިޔާއު އާއި ޓީވީ މޯލްޑިވްސްގެ ނޫސްވެރިޔާ ހަފްސީ އަބްދުﷲ އާއި ދިވެހި އެފްއެމްގެ ފަރާތުން މުހައްމަދު ޖަމީލާއި އެޓޯލް ޓީވީގެ ފަރާތުން މުހައްމަދު ރަފީގާއި މޫންލައިޓް އޮންލައިންގެ ފަރާތުން އަނަސް އަލީ އާއި އުތުރު ޑޮޓްކޮމްގެ ފަރާތުން މިއުސަމް އައްބާސް އާއި ހަވީރު ނޫހުގެ ފަރާތުން އަހްމަދު ހަމްދޫނާއި ދުވަސް އޮންލައިންގެ ފަރާތުން މުހައްމަދު އާމިރު އަހުމަދާއި ވީޓީވީގެ ފަރާތުން މުހައްމަދު އާސިފް އާއި ވީ އޮންލައިންގެ ފަރާތުން މުންޑޫ އާދަމް ހަލީމްގެ އިތުރުން ވީއެފްއެމްގެ ފަރާތުން އިމާދު ހަސަން ލަތީފާއި ވީކްލީ މެގަޒިންގެ ފަރާތުން އަހްމަދު ރިފާއު އެވެ.
އާންމުންގެ ފަރާތުން މީޑިއާ ކައުންސިލްގައި ތަމްސީލްކުރާ ހަތް މެމްބަރުންގެ މާގާމަށް ވެސް 12 ފަރާތަކުން ވަނީ ކުރިމަތިލައިފަ އެވެ. އެއީ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު އަބްދުއްލަތީފް އަހްމަދާއި ހެންވޭރު ރީނދޫކޮކާގެ އައިޝަތު ހުސައިން މަނިކާއި އއ. ރަސްދޫ ބިލިމަގުގަސްދޮށުގޭ ޒުހުރާ މޫސާ އާއި މއ. ވާވެޔޮގޭ އަހްމަދު އަދުހަމް އަބްދުﷲގެ އިތުރުން މ. ޒޭވަރު އުލްފާ ފާއިޒާއި މ. ހޯރަވިލާ މުހައްމަދު ރަފީއު އާއި މާލޭ ދަފްތަރު 1119 އަހްމަދު ޝަރީފް ނަފީސާއި މއ. ލޫޕިން އަހްމަދު މިޒުމާދާއި ގ. ރަންގެހި މުހައްމަދު ވަހީދު އަލީ އާއި ށ. ފޭދޫ ދުނގެތިމާގޭ ފަޔާޒު ޔޫސުފުގެ އިތުރުން ގއ. ކޮނޑޭ އުންމީދު އަމްޖަދު ހުސައިނާއި ދަފުތަރު އުބައިދު މުއާޒެވެ.
މީޑިއާ ކައުންސިލްގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 އިން 5:00 އަށެވެ. އެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.