ޗައިނާގެ ރައީސް ޒީ ޖިންޕިންގް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ސަރުކާރުގެ ބައެއް އޮފީސްތަކުގެ ރަސްމީ ގަޑިއަށް ބަދަލުގެނެސްފި އެވެ.

ރައީސް އޮފީހުން ބުނީ އެ އޮފީހާއި ވެލާނާގޭ ޢިމާރާތުގައި ހިނގަމުންދާ އޮފީސްތަކާއި، ޣާޒީ ބިލްޑިންގް އާއި ހުރަވީ ބިލްޑިންގގައި ހިނގަމުންދާ އޮފީސްތަކާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ހުޅުވިފައި ހުންނާނީ މާދަމާ، މެންދުރުފަހު 1.15 އިން 3.00 އަށް ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެގޮތަށް ހަމަޖެއްސީ އެ އޮފީސް ހިމެނޭ ސަރަޙައްދުގައި ހުރި އެހެން އޮފީސްތަކުން ޚިދުމަތް ހޯދުމަށް އަންނަ ޢާންމު ފަރާތްތަކަށް، ޚިދުމަތް ހޯދުމުގައި ދަތިތައް ކުރިމަތިވާނެތީ ކަމަށެވެ.

ޗައިނާގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ. ނަމަވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ރަސްމީ އިފްތިފާލްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ޖުމްހޫރީ މައިދާނުގަ އެވެ.