14 Sep 2014, 13:52
ކޮރެއާގެ އިންޗިއޯން ސިޓީގައި މިއަދު ފެށުނު 17 ވަނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ އަންހެނުންގެ ބައިގައި މިއަދު އިންޑިއާ އަތު 15-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ބަލިވެއްޖެ އެވެ.
މިއަދު ހެނދުނު ރާއްޖޭ ގަޑިން 10:00ގައި ކޮރެއާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު، އިންޑިއާ ވަނީ، 9-0 ލަނޑުގެ ލީޑެއް ހޯދައިފައެވެ.

17 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖެއާއި އިންޑިއާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ވާދަކުރި މެޗު އިންޑިއާ ކާމިޔާބުކުރީ 15-0 ލަނޑުން -- ފޮޓޯ: ޝިމާޒް ޢަލީ
ދެވަނަ ހާފުގައި އިތުރު ހަ ލަނޑު ފެނިގެން ދިޔަ މެޗުގައި އިންޑިއާގެ ވިންގާ ސަސްމީތާ މާލިކް ވަނީ ރާއްޖޭ ކޮޅަށް ފަސް ލަނޑު ޖަހައިފައެވެ.

17 ވަނަ އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ: ރާއްޖެއާއި އިންޑިއާ ވާދަކުރި މެޗު އިންޑިއާ ކާމިޔާބުކުރީ 15-0 ލަނޑުން -- ފޮޓޯ: ޝިމާޒް ޢަލީ
ސަސްމީތާގެ އިތުރުން މިޑްފީލްޑަރު ކަމްލާ ދޭވީ ހަތަރު ލަނޑު، ކެޕްޓަން ޑެމްބެމް ދޭވީ، ފޯވާޑް ބާލާއާއި ޕްރަމޭޝްވަރީ، އަދި އަޝަލާތާ ދޭވީ ވެސް ސްކޯޝީޓުން ޖާގަ ހޯދި މި މެޗުގައި ހުރިހާ ޑިޕާޓްމަންޓު ތަކަކުން ވެސް ފެނިގެން ދިޔައީ، އިންޑިއާ ޓީމުން މެޗު ކޮންޓްރޯލް ކުރަމުން ދިޔަ މަންޒަރެވެ.

17 ވަނަ އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ: ރާއްޖެއާއި އިންޑިއާ ވާދަކުރި މެޗު އިންޑިއާ ކާމިޔާބުކުރީ 15-0 ލަނޑުން -- ފޮޓޯ: ޝިމާޒް ޢަލީ
މުބާރާތުގައި ރާއްޖެ ހިމެނޭ ގެރޫޕް "އޭ" ގައި ހިމެނެނީ، އިންޑިއާގެ އިތުރުން ތައިލެންޑާއި މުބާރާތް ބާއްވާ ކޮރެއާ ރިޕަބްލިކްގެ ޓީމެވެ.

17 ވަނަ އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ: ރާއްޖެއާއި އިންޑިއާ ވާދަކުރި މެޗު އިންޑިއާ ކާމިޔާބުކުރީ 15-0 ލަނޑުން -- ފޮޓޯ: ޝިމާޒް ޢަލީ
މި މުބާރާތުގައި ރާއްޖޭގެ ގައުމި އަންހެން ޓީމު ކުޅޭ ދެވަނަ މެޗުގައި އަންނަ ބުދަ ދުވަހު ވާދަކުރާނީ ތައިލެންޑާއެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ރާއްޖެ ވާދަކުރާނީ މި މަހުގެ 21 ވަނަ ދުވަހު ކޮރެއާ އާއެވެ.

17 ވަނަ އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ: ރާއްޖެއާއި އިންޑިއާ ވާދަކުރި މެޗު އިންޑިއާ ކާމިޔާބުކުރީ 15-0 ލަނޑުން -- ފޮޓޯ: ޝިމާޒް ޢަލީ