ބަޔަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާ ޑީޕޯޓް ކޮށްލުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ހިރިޔާ ސްކޫލް ކައިރީގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގެ ކައިރީގައި ހުރެ ބަޔަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލާގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ހައްޔަރުކުރީ އުމުރުން 20 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މީހާ ޑީޕޯޓްކޮށްލުމަށް ޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް އޭނާ ޑީޕޯޓްކޮށްލަން ހަވާލުކުރީ ސްޕޮންސާ އަށް ފިލައިގެން ގަވައިދާ ހިލާފަށް އުޅެމުންދާތީ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ހިިރިޔާ ސްކޫލު ކައިރީގައި ހުރެ ބަޔަކަށް ޖިންސީ ގުނަވަން ދެއްކި އެ މީހާ ފުލުހުންނާ ހަވާލުކުރީ އާއްމުންނެވެ.