ކާނިވާ ސަރަހައްދުގައި ހުންނަ ފިިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޕެޓްރޯލް ޝެޑުން ޕެޓްރޯލް ލީކުވެއްޖެ އެވެ.

އެފަދަ ކަމެއް ހިނގިކަން ފުލުހުންނާއި އެފްއެސްއެމްގެ އިތުރުން އެމްއެންޑީއެފުން ވެސް ވަނީ "ސަން" އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ލީކުވެފައި ވަނީ ވަރަށް މަދު އަދަދެއްގެ ޕެޓްރޯލް ކަމަށް އެ ފަރާތްތަކުން މައުލޫމާތުދެ އެވެ.

ކާނިވާ ސަރަހައްދުގައި ހުންނަ ފިިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޕެޓްރޯލް ޝެޑުން ޕެޓްރޯލް ލީކުވަނީ-- ސަން ފޮޓޯ ކިއުންތެރިއެއް

އެ ފަރާތްތަކުން ބުނީ، ޕެޓްރޯލް ލީކުވެފައި ވަނީ ޕެޓްރޯލް ބައުޒަރުން ކަމަށެވެ. ޕެޓްރޯލް ލީކުވުމުން ސިޓީ ކައުންސިލާ ގުޅިގެން އެ ސަރަހައްދު ސާފުކޮށްފައިވާ ކަމަށް ވެސް އެ ފަރާތްތަކުން މައުލޫމާތުދެ އެވެ.