13 Sep 2014, 10:24
ބާސެލޯނާގެ ފޯވާޑު ލައިނެލް މެސީއަށް ވުރެ ރެއާލް މެޑްރިޑްގެ ފޯވާޑު ކްރިސްޓިއާނޯ ރޮނާލްޑޯ މޮޅުކަމަށް އެޓީމަށް އަލަށް ސޮއި ކުރި ފޯވާޑު ޚާވިއާ ހެނަންޑޭޒް ބުނެފި އެވެ.
"ޗިޗަރީޓޯ" ވަނަމަކަށް ކިޔާ މި ކުޅުންތެރިއަކީ މެންޗެސްޓާ ޔުނައިޓެޑުން ލޯނު އެއްބަސް ވުމެއްގައި ރެއާލް މެޑްރިޑަށް އައިސްފައިވާ ކުޅުންތެރިއެކެވެ.
ހެނާންޑޭޒް ބުނީ ރެއާލްގެ ޓްރެއިނިން ގައި މަސައްކަތް ކުރަނީ ވަރަށް ގަދައަށް ކަމަށާއި ރޮނާލްޑޯގެ ކުޅުމަކީ ގަބޫލު ކުރަން އުނދަގޫ މޮޅު ކުޅުން ކަމަށެވެ.
"އެއްވެސް ޝައްކެއް ނެތްގޮތުގައި ރޮނާލްޑޯއަކީ އެންމެ މޮޅު ކުޅުންތެރިޔާ. މިވީ ކުޑަ ދުވަސްކޮޅުތެރޭގައި އޭނަގެ ކުޅުން ބަލާލީމަ ވެސް އެނގޭ ކީއްވެކަން އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވީ،" ހެނާންޑޭޒް ބުންޏެވެ.
ރޮނާލްޑޯއަށް ވުރެވެސް ހާއްސަ ކުޅުންތެރިއެއް ހެނާންޑޭޒްއަށް ވާކަމަށާއި އެއީ ރޮނާލްޑޯ ނަޒާރިއޯ ޑި ލީމާ ކަމަށް އޭނާ ބުންޏެވެ.
"ރޮނާލްޑޯއަކީ އަހަރެން ދެކޭ ގޮތުގައި އެންމެ ރަނގަޅު ކުޅުންތެރިޔާ. މެސީވެސް. އެކަމު މެސީ އަންނާނީ ރޮނާލްޑޯގެ ފަހަތަށް. އެހެންނަމަވެސް، އަހަރެންގެ އައިޑޮލް އަކީ ރޮނާލްޑޯ ނަޒާރިއޯ ޑި ލީމާ. އަހަރެންނަށް ދުވަހަކުވެސް އަދި އޭނާއާ ބައްދަލު ކުރުމުގެ ފުރުސަތެއް ނުލިބޭ. ކޮންމެސް ދުވަހަކުން ފޮޓޯ އެއް ނަގާލުމުގެ ފުރުސަތު ލިބޭނެ ކަންނޭނގެ. އޭރުން ވަރަށް އުފާ ވާނެ،" ހެނާންޑޭޒް ބުންޏެވެ.
ރޮނާލްޑޯ ނަޒާރިއޯ ޑި ލީމާ އަކީ ބްރެޒިލްގެ މަޝްހޫރު ރިޓަޔާޑް ކުޅުންތެރިއެކެވެ. 'ފެނޯމެނަން' ގެ ނަމުން ސަޕޯޓާރުންގެ ތެރޭގައި މަޝްހޫރު ވެފައިވާ މި ކުޅުންތެރިޔާއަކީ ތާރީހުގައި ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ސަޕޯޓަރުން ބުނެއެވެ.