ޕޯޗުގަލްގެ ކޯޗުކަމާއި 2010 ވަނަ އަހަރު ހަވާލުވި ޕައުލޯ ބެންޓޯ އެ މަގާމުން އިސްތިއުފާ ދީފި އެވެ.

މިފަހަރުގެ ވޯލްޑްކަޕުގައި ޕޯޗުގަލްއަށް ލިބުނު ބޮޑު ނާކާމިޔާބާއެކު އެންމެ ފަހުން ޔޫރޯ ކޮލިފައިންްގައި އަލްބޭނިއާ އަތުން ޕޯޗުގަލް ބަލިވުމާ ގުޅިގެން ވަރަށް ގިނަބައެއްގެ ފާޑުކިޔުންތަށް ބެންޓޯއަށް ވަނީ އަމާޒުވެފައެވެ.

އުމުރުން 45 އަހަރުގެ ބެންޓޯގެ ބަދަލުގައި ޓީމާ ހަވާލުވާނެ ކޯޗެއް ވަަރަށް އަވަހަށް އިއުލާން ކުރާނެކަމަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފައެވެ. ބެންޓޯގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ވަނީ 2012ވަަނަ އަހަރުގެ ޔޫރޯގެ ގަދަ ހަތަރެއްގައި ހިމެނިފައެވެ.

މިއަހަރު ބްރެޒިލްގައި އޮތް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ޕޯޗުގަލް ކޮލިފައި ވެފައިވަނީ ޕްލޭއޯފް ކުޅެގެންނެވެ. ޕޯޗުގަލް އަންނަ މަހު ޑެންމާކާ ދެކޮޅަށް ޔޫރޯ ކޮލިފައިންގައި ނުކުންނަ އިރު އޭގެ ކުރިން ފްރާންސާދެެކޮޅަށް މެޗެއް ކުޅުމަށް ވަނީ ހަަމަޖެހިފައެވެ.