ފިލައިގެން އުޅޭ 16 އަހަރުގެ އަންހެން ކުއްޖަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ ފާޠިމަތު މަލްހާ (ފޮޓޯ) ނަމަކަށް ކިޔާ ކުއްޖަކުމިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ފިލާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މަލްހާއަކީ ލޮލުގެ ކުލަ ކަޅު، އިސްތަށިގަނޑު ބުޅިކޮށް އަދި ހަށިގަނޑުގެ ރޫފަ ހިކިކޮށް ދިގުކޮށް ހުންނަ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.

ފޮޓޯއިން ފެންނަ މަލްހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9790163 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.