10 Sep 2014, 23:26
ސައިކަލެއް ވަގަށް ނެގި މީހަކު ދެ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސ. ހިތަދޫ މާބުޅާގޭ ހުސައިން ހަސަންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި އޭނާ ސައިކަލެއް ވަގަށް ނެގިކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.
ގެއްލިފައި ވަނިކޮށް އެ ސައިކަލްގައި އޭނާ ދުއްވާފައި ދަނިކޮށް ފުލުހުން އޭނާ ހުއްޓުވައި ސުވާލު ކުރުމުން އެއީ "ޝިފާޒު" ކިޔާ ރައްޓެއްސެއްގެ ބޭބެގެ ސައިކަލެއް ކަމަށް އޭނާ ބުނިނަމަވެސް އެ ސައިކަލަކީ އޭނާ ވަގަށް ނެގި ސައިކަލެއްކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
މިއީ ވައްކަންކުރުމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ދެވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.