ހަދަމުންދާ ރިސޯޓެއްކަމަށްވާ ބ. ކަނިފުށިން ވަގަށް ނަގާފައިވާ 16000ރުފިޔާގެ ތެރެއިން 11500 ރުފިޔާ ހޯދައި އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމައްސަލާގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވައްކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން އިއްޔެ ހަވީރު 4:30 އެހައިކަންހާއިރު އެރަށުގައި ހުއްޓައި ކަމަށް ފުލުހުން ބުންޏެވެ.

އެރަށުން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން 11500 ރުފިޔާ ހޯދާފައިވާއިރު އެ ފައިސާތައް ފެނިފައިވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅޭގެ ބަލައިފާސްކުރިކުރުމުން ގޭތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

އޭދަފުށީ ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފަ އެވެ.