10 Sep 2014, 18:59
ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި ވިލާކޮލެޖް ގުޅިގެން މިދިޔަ ހޯމަދުވަހު ވިލާ ކޮލެޖުގައި ފެށި އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް 2014 މިއަދު ނިންމާލައިފި އެވެ.
ޓީޗަރުން އެއްތަންވެ، ޓީޗަރުން އެބޭފުޅުންގެ ތަޖުރިބާއާއި ހޯދުންތައް ހިއްސާކުރުމަށް ބޭއްވި އެ ކޮންފަރެންސްގައި ރާއްޖެއާއި އެހެން ބައެއްގައުމުތަކުގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ރާއްޖޭގެ ބައެއް މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މަންދޫބުން ބައިވެރިވި އެވެ.

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް 2014 ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
ކޮންފަރެންސް ނިންމުން ފާހަގަކުރުމަށް މިއަދު ހަވީރު ނޭޝަނަލް އާޓްގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި، ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރިސާޗުތައް ހަދައިގެން ކިޔަވައިދިނުމަކީ އިތުރަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި އެ ކޮންފަރެންސަކީ ފައިދާހުރި ކޮންފަރެންސް އެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް 2014 ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
ސްޓޭޓް މިނިސްޓަރު ވިދާޅުވީ، އެފަދަ ކޮންފަރެންސެއް ކާމިޔާބު ކަމާއެކު ނިންމާލެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށާއި ހާއްސަކޮށް ޔުނިސެފްގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުން އާދަމް ޝަރީފް ފާހަގަ ކުރެއްވި އެވެ. އަދި އެ ކޮންފަރެންސް ކާމިޔާބު ކޮންފަރެންސަކަށް ހެދުމަށް ހާއްސަ ގޮތެއްގައި ޓެކްނިކަލް ގޮތުން ގިނަ ބައެއްގެ އެއްބާރުލުމާއި އެހިތެރިކަން ލިބިގެން ދިޔަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް 2014 ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
ވިލާކޮލެޖާ ގުޅިގެން މިމަހުގެ އަށަކުން މިއަދާ ހަމައަށް ހިންގި އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ، ނިމިގެންދިޔަ ކޮންފަރެންސަކީ ވަރަށް ވެސް ފައިދާ ހުރި ކޮންފަރެންސެއްކަން ގަބޫލުކުރައްވާ ކަމަށެވެ.

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް 2014 ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
އަންނަ އަހަރުގެ ޖޫން މަހު ބާއްވާ ޓީޗާސް ކޮންފަރެންސް ގައި އަލިއަޅުވާލާނީ އާ ކަރިކިއުލަމްއާ ގުޅޭ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި ވިލާކޮލެޖް ގުޅިގެން އެ ކޮލެޖްގައި ކުރިއަށް ގެންދިޔަ ކޮންފަރެންސަކީ ރާއްޖޭގައި ބޭއްވި އެފަދަ ދެވަނަ ކޮންފަރެންސެވެ.

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް 2014 ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ