10 Sep 2014, 09:35
ކޯޓު އަމުރަކާ ނުލައި ޕާސްޕޯޓް ހިފެހެއްޓޭ ގޮތަށް އެހެން ގާނޫނެއްގައި ކަނޑައެޅިދާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ދިވެހި ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް ނެގައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްގީގު ކުރައްވައިފި އެވެ.
އަދި އެ ގާނޫނު ވަނީ އިއްޔެ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފަ އެވެ.
އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައި ވަނީ، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ރާއްޖެ އިން މީހަކު ފުރުން މަނާ ކުރެވޭނީ، ކޯޓު އަމުރެއްގެ ދަށުން، އެ އަމުރެއްގައި ކަނޑައެޅިފައިވާ މުއްދަތަށް ކަމަށެވެ.
ކޯޓު އަމުރަކާ ނުލައި މީހަކު ހައްޔަރު ކުރެވިދާނެ އުސޫލެއް އެއްވެސް ގާނޫނެއްގައި އަދި ކަނޑައަޅާފައި ނުވެ އެވެ.
އެ ގާނުގައިވާ ގޮތުން ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުން އަންގާ އެންގުމަކަށް މީހެއްގެ ޕާސްޕޯޓް ހިފެހެއްޓޭނީ ގިނަވެގެން 24 ގަޑިއިރަށެވެ. އަދި 24 ގަޑިއިރަށް ވުރެ، އިތުރު މުއްދަތަކަށް ފާސްޕޯޓް ހިފެހެއްޓޭނީ ޝަރުއީ ކޯޓެއްގެ އަމުރަކުން ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.