މިރޭ އިރާކޮޅު ލ. އިސްދޫކަލައިދޫ ގެއެއްގެ ގިފިލީ ވަޅެއްގެ ތެރޭގައި އަންހެން ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 18 އަހަރުގެ އަންހެންކުއްޖެއް ކަމަށާއި އެ ހާދިސާ ހިނގި ކަމަށް ލަފާ ކުރެވެނީ މިރޭ 7:00 ޖަހާ އެހާކަންހާއިރު ކަމަށެވެ. ނަމަވެސް އަންހެން ކުއްޖާ ވަޅުތެރޭގައި މަރުވެފައި އޮއްވާ އާއިލާގެ މެންބަރުންނަށް ފެނުނީ 9:00 ޖަހާއެހާކަންހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަދި ބުނީ މިހާތަނަށް ބެލިބެލުމުން މިކުއްޖާ އަކީ ފިޓްޖެހޭ ކުއްޖެއްކަން އެނގިފައިވާ ކަމަށާއި މަރުގެ މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. )ތަފުސީލު އަންނަނީ(